ވަރަށް ވައި ނުސާފު, ހާއްސަކޮށް މާލެ ސަރަހައްދުން ފެށިގެން ދ އަތޮޅަށް!
ދަޕްރެސް
22 ޑިސެމްބަރު 2025 | ހޯމަ | 9:11
ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުވާ މިންވަރަށް ރާއްޖޭގެ ކަންކޮޅުތަކަށް ވައި ނުސާފު ކަމަށް ވައިގެ ކޮލިޓީ ބަލާ އާލާތްތަކުން ދައްކައިފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު ބުނެފައި ވަނީ, ވައިގެ ނުސާބުކަން ބޮޑު ސަރަހައްދުތަކުގައި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެނަށް ވެސް ބޮޑު ކަމަށެވެ. އަދި ނާޒުކު ހާލަތުގައި ވާ ފަރާތްތަކާއި އެހެން މީހުންނަށްވެސް ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
މީގެ އިތުރުން ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު އަދި ނާޒުކު ހާލަތުގައި ވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވާން ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.