ވީއައިއޭގެ އާ ޓާމިނަލް އިން މިހާތަނަށް 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފި

ދަޕްރެސް

23 ޑިސެމްބަރު 2025 | އަންގާރަ | 9:38

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ފަސިންޖަރު ޓާމިނަލުން މިހާތަނަށް 500،000 އަށްވުރެ ގިނަ ފަސިންޖަރުންނަށް ހިދުމަތް ދީފިއެވެ.

މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ތާރީހީ ކުލަގަދަ ހަލްފާއަކާއެކު ވީއައިއޭގެ ޓާމިނަލް 1 ހުޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި 26 ޖުލައި 2025 ގައެވެ.

އެމްއޭސީއެލް އިން ބުނީ ޓާމިނަލް 1 އިން 15 ޑިސެމްބަރުގެ ނިޔަލަށް 508،008 ފަސިންޖަރުންނަށް ހިދުމަތް ދީފައިވާކަމަށާއި، އެއީ ރާއްޖެއިން ފުރި 252،340 ފަސިންޖަރުންނާއި ރާއްޖެ އައި 255،668 ފަސިންޖަރުން ކަމަށެވެ. އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލުން އެންމެ ގިނަ އަދަދެއްގެ ފަސިންޖަރުންނަށް ހިދުމަތް ދީފައިވަނީ މި މަހުގެ 21 ވަނަ ދުވަހު ކަމަށާއި އެއީ 19،551 ފަސިންޖަރުން ކަމަށެވެ.

މައުޟޫޢުތަށް