ޕީކް ސީޒަނަށް ތައްޔާރުވާން އދ. ދިގުރަށުގައި 600 ކިލޯވޮޓްގެ ޖެނެރޭޓަރަކުން ހިދުމަތް ދޭން ފަށައިފި
ދަޕްރެސް
23 ޑިސެމްބަރު 2025 | އަންގާރަ | 10:16
ޕީކް ސީޒަނަށް ތައްޔާރުވާން އދ. ދިގުރަށުގައި 600 ކިލޯވޮޓުގެ ޖެނެރޭޓަރަކުން ހިދުމަތް ދޭން ފަށައިފިއެވެ.
ސްޓެލްކޯ އިން ބުނީ ކުރިއަށް އޮތް ޕީކް ސީޒަނަށް ތައްޔާރުވުމަށް އެ ކުންފުނިން ހިދުމަތްދޭ ރަށްރަށުގައި ގިނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމަށާއި އެގޮތުން އދ. ދިގުރަށަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 600 ކިލޯވޮޓުގެ ޖެނެރޭޓަރެއްގެ ޓޮޕް އޯވަހޯލް ކުރުމަށްފަހު މިހާރު ވަނީ އެ ޖަނަރޭޓަރުން އަލުން ހިދުމަތްދޭން ފަށާފައި ކަމަށެވެ.
ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ ހިދުމަތްތަކާ މެދު ރައްޔިތުން ދެކޭގޮތް ދެނެގަނެ، ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި ރައްޔިތުންގެ ހިޔާލާއި ބައިވެރިވުންވެސް ބޭނުންވާކަމުގައި ބުނެފައެވެ.