ޒުވާނުންގެ ހުނަރު ދައްކާލަން 'ލިޓް ފެސްޓް' ފެށެނީ، ބައިވެރިވާން ހުޅުވާލައިފި

ދަޕްރެސް

23 ޑިސެމްބަރު 2025 | އަންގާރަ | 10:57

ތަފާތު އެކިއެކި ދާއިރާތަކުން ހުނަރުވެރި ޒުވާނުން ބިނާ ކުރުމަށް އަމާޒު ކުރާ 'ލިޓް ފެސްޓް' ހަފްތާ ބަންދުގައި ބޭއްވުމަށް ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ މި މަހުގެ 25،26 އަދި 27 ވަނަ ދުވަހު ބާއްވާ މި ފެސްޓިވަލަކީ 14 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރު ފުރައަށް އަމާޒު ކުރާ ފެސްޓިވަލްއެއް ކަމަށެވެ. މި ފެސްޓިވަލްގައި އާޓްސް، ކްކަރީ، ހޭންޑީ ކްރާފްޓްގެ ދާއިރާ އާއި މުނިފޫހިފިލުވުމުގެ ދާއިރާގެ ހުނަރުތައް ހިމަނާފައިވާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެގޮތުން، އަތްތެރި މަސައްކަތް، ލައިވް އާޓް ސްޓޭޝަން، ކްލޭ އާޓްސް، ހެނާ އާޓްސް، ކެލިގްރަފީ، ޕޭސްޓްރީ، އެމްބްރޮއިޑެރީ، އެސެސަރީޒް ވޯކް ހިމެނެއެވެ. މީގެ އިތުރުން ލައިވް އާޓް ސްޓޭޝަންގެ ބައިތަކުގެ ތެރޭގައި ޑިޖިޓަލް އާޓްސް، 3ޑީ އެނިމޭޝަން ހިމެނޭ އިރު، ލަވަކިޔުން، ނެށުން، ބޮޑުބެރު، ޑްރާމާ، ފްރީސްޓައިލް އަދި އިންސްޓްރުމެންޓް ކުޅުން، ކޮންޓެންޓް ކްރިއޭޝަން، އޯޕަން މައިކް، ސްޓޭންޑްއަޕް ކޮމެޑީ އަދި ސްޓޯރީ ޓެލިން ފަދަ ހުނަރުތައް ހިމެނޭކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް