ގައުމުގެ އިގްތިސާދު ކޮޅަށް ޖެހޭނެ ޒުވާނުން ބޭނުންވޭ، އެފަދަ ޒުވާނުން އެބަތިބި: ޔޫތު މިނިސްޓަރު
ދަޕްރެސް
23 ޑިސެމްބަރު 2025 | އަންގާރަ | 11:07
މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއް ކަމުގައި ޔޫތު މިނިސްޓަރު އިބްރާޙިމް ވަހީދު ވިދާޅުވެއްޖެއެވެ.
ޒުވާނުންގެ ގައުމީ ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔެއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ތައުލީމާއި ހުނަރު ތަރައްގީކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ޒުވާނުންނަކީ މުސްތަގްބަލުގެ ލީޑަރުންނާއި ގައުމުގެ ބަތަލުންކަމަށާ މާދަމާ ރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ކުރަހާލެވޭ ގޮތެއްގެ މަތީގައިކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މުސްތަގްބަލުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމުކަމެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިއަދުގެ ޒުވާނުންނަކީ ސުލޫކީ ސިފަތަކާ، އިޖްތިމާއީ ސިފަތައް ލިބިގެންވާ ދީނަށް އަމަލުކުރާ އަހްލާގު ރަނގަޅު، ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދަން ޖެހޭކަމަށެވެ. އަދި ގައުމަށް ހަވާލުކުރެވޭ ބަޔަކު އުފެއްދުމަކީ ކުރުން މުހިންމުކަމެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.