މިއަހަރު މިހާތަނަށް 967 ސައިކަލު ގެއްލިފައިވާއިރު އޭގެތެރެއިން 865 ސައިކަލު ވަނީ ހޯދާފައި: ޕޮލިސް
ދަޕްރެސް
23 ޑިސެމްބަރު 2025 | އަންގާރަ | 10:46
މިއަހަރުގެ މިހާތަނަށް 967 ސައިކަލު ވައްކަން ކޮށްފައިވާކަމަށާއި އޭގެތެރެއިން 865 ސައިކަލު ވަނީ ހޯދާ ވެރިފަރާތާއި ހަވާލުކުރެވިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
މިއަދު ބޭއްވި ޕޮލިސް ކޮންފެރެންސެއްގައި މާލެ ޕޮލިސްގެ ސުޕްރިޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވަނީ މި އަހަރު މިހާތަނަށް މާލެ ޕޮލިސް ކޮމާންޑުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކާއި، ކުރެވުނު ތަހުގީގުތަކުގެ ތަފާސްހިސާބުތައް ހިއްސާކުރައްވާފައެވެ.
އެގޮތުން ރަޝީދު ވިދާޅުވީ މާލެ ޕޮލިސްގެ ދަށުން މައިގަނޑު ގޮތެއްގައި ކުރެވޭ މަސައްކަތަކީ މާލެއާއި، ވިލިމާލެ އަދި ތިލަފުއްޓަކީ ކުށްމަދު، ކުށުގެ ބިރުވެރިކަން ކުޑަ އަދި އާންމުންނަށާއި ވިޔަފާރިތަކަށް އަމާންތަނަކަށް ހަދާދިނުން ކަމަށެވެ.