ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް އަންނަ މަހުގެ 10ގެ ކުރިން ނިންމާލެވޭނެ: އެޑިއުކޭޝަން މިނިސްޓަރީ

ދަޕްރެސް

23 ޑިސެމްބަރު 2025 | އަންގާރަ | 11:04

ދިރާސީ އައު އަހަރަށް ބޭނުންވާ ޓެކްސްޓް ފޮތްތައް ސްކޫލްތަކަށް ފޮނުވުމުގެ މަސައްކަތް އަންނަ މަހުގެ 10ގެ ކުރިން ނިންމާލެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ފޮތްތައް ފޮނުވުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަކަމަށެވެ. އެގޮތުން މިހާތަނަށް 40 އަށްވުރެ ގިނަ ސްކޫލަށް ޓެކްސްޓް ފޮތް ފޮނުވާފައިވާކަން ފާހަގަކޮށް މިނިސްޓަރު ވަނީ އަންނަ މަހުގެ 10 ގެ ކުރިން ހުރިހާ ސްކޫލަކަށް ޓެކްސްޓް ފޮތް ފޮނުވާ ނިންމާލެވޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާރު ދަރިވަރުންނަށް ބޭނުންވާ ސްޓޭޝަނަރީގެ ވައުޗަރުތައްވެސް ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މައުޟޫޢުތަށް