2027 ގައި ޓޫރިޒަމުން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ތޯރިގް ވިދާޅުވެއްޖެ
ދަޕްރެސް
23 ޑިސެމްބަރު 2025 | އަންގާރަ | 6:55
މި ސަރުކާރުގެ އަމާޒުގެ ތެރެއިން އެންމެ ބޮޑު އަމާޒަކީ 2027 ވަނަ އަހަރު ޓޫރިޒަމް ދާއިރާ އިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އެރުވުން ކަމަށް ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ތޯރިގް ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ 2027 ވަނަ އަހަރާއި ހަމައަށް ފަތުރުވެރިކަމުގެ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރު ކުރުމެވެ. އެމަގަށް ކުރެވޭ މަސައްކަތުން މިވޭތުވެ ދިޔަ ދެ އަހަރު ތެރޭ މި ސިނާއަތަށް 6،665 އެނދު ހިދުމަތަށް ނެރެފައިވާ ކަމަށް ތޯރިގް ވިދާޅުވިއެވެ.
މި އަހަރު ފެށުނުއިރު ޓޫރިޒަމް ދާއިރާއިން ލިބޭނެ ކަމަށް އަންދާޒާ ކުރީ 5.5 ބިލިއަން ޑޮލަރު ކަމަށާއި ނަމަވެސް މިހާރު ބެލެވެނީ 5.6 ބިލިއަން ޑޮލަރު މިއަހަރު ލިބޭނެ ކަމަށެވެ. ފޯކާސްޓް ކުރި ވަރަށް ވުރެ ވެސް އާމްދަޏީ އިތުރުވެގެން ދާ ކަމަށް ތޯރިގް ވިދާޅުވާ އިރު މިއީ 16 ޕަސެންޓުގެ އިތުރުވުމެކެވެ.