ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލީ ކަމަށް ވިދާޅުވެ ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ދަޕްރެސް

23 ޑިސެމްބަރު 2025 | އަންގާރަ | 8:04

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކ. މާފުށީގައި ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލީ ކަމަށް ވިދާޅުވެ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މާފުށީގެ ބްރޭންޑް ލޯންޗުކުރުމަށް މާފުށީގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ކަންކަން ހަމަޖެހިފައިވާ ގޮތުން ރިސޯޓްފަހަރުގައި ޓޫރިސްޓުންނަށްދޭ ހިދުމަތްތަކާއި ވިއްކާ ތަކެތި ރަށްރަށުގައި ހުރި ބޮޑެތި ހޮޓާތަކުން ނުދެވޭ ކަމަށެވެ.

އެއީ ބޭއިންސާފެއް ކަމަށާއި އެ ހަމަހަމަކަން ގެނައުމަށް ވިސްނާންޖެހޭ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ. އެއާއެކު ރަށްރަށުގައި އޫރު މަހާއި ބަނގުރާ ވިއްކުމަށް ރައީސް ނަޝީދު ގޮވާލެއްވި ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އެމަނިކުފާނަށް އަމާޒުވެފައެވެ.

މައުޟޫޢުތަށް