ހިޔާ ފްލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 2 މީހަކު ހައްޔަރުކޮށްފި

ދަޕްރެސް

23 ޑިސެމްބަރު 2025 | އަންގާރަ | 8:43

ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އަންހެނަކާއި ފިރިހެނަކ ހައްޔަރު ކޮށްފިއެވެ.

މި މަހުގެ 22 ވަނަ ދުވަހު ފުލުހުން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ މ. މުލި / ނަސީމީގެ، މުހައްމަދު ވަހީދު (52އ) އާއި ސ. ފޭދޫ / މުށިކުލާގެ، އާމިނަތު އިބްރާހީމް (57އ) އެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 2 ހިޔާ ފުލެޓް އެޕާޓްމަންޓެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައި ވަނީ އިންޓެލިޖެންސާއި ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަނާއި ކަމާ ގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ކަަމށް ފުލުހުން ބުނެއެވެ.

މައުޟޫޢުތަށް