ހިޔާލު ތަފާތުވުންތަކާ އެކުގައި ވެސް ނަޝީދާ އެކު މަސައްކަތް ނުކުރެވޭހާ ދުރަކަށް ނުދެވޭ: ސޯލިހް

ދަޕްރެސް

24 ޑިސެމްބަރު 2025 | ބުދަ | 1:17

ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ވެވޭ ދެބަސްވުންތަކުގައި ދުވަހަކުވެސް އެކުގައި މަސައްކަތް ނުކުރެވޭހާ ދުރަށް ޖެހިވަޑައިނުގަންނަވާ ކަމަށާއި އެކުގައި މަސައްކަތް ކޮށްގެން އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތް އިސްކޮށްގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައްދަލުކުރެއްވުމަށްފަހު ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.

އެގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހް ވިދާޅުވީ، އެ ދެބޭފުޅުން ކުރެއްވި މަޝްވަރާގެ ތެރޭގައި ހިމެނޭ އެއްކަމަކީ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ކުރީގައި ވެރިކަން ކުރައްވާފައިވާ ރައީސުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުން ކަމަށެވެ. ހަމައެއާއެކު ޕާޓީ ހަރުދަނާކޮށް މިހާރަށް ވުރެ އެމްޑީޕީގެ ޕާޓްނާޝިޕް ވަރުގަދަކޮށް ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ނަޝީދާއެކު މަސައްކަތް ކުރައްވަން ނިންމަވާފައިވާ ކަމަށް ސޯލިހް ވިދާޅުވިއެވެ.

މައުޟޫޢުތަށް