ސަރަހައްދީ ގައުމުތަކުގައި ދިވެހިން ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދޭ: ނާއިފް

ދަޕްރެސް

24 ޑިސެމްބަރު 2025 | ބުދަ | 3:56

ފަހަކަށް އައިސް ސަރަހައްދީ ގައުމުތަކުގައި ދިވެހިން ގާއިމުވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޗީފް އިންސެޕްޓާ އޮފް ޕޮލިސް އަހްމަދު ނާއިފް ވިދާޅުވެއްޖެއެވެ.

ޑްރަގް އެންފޯސްމަންޓުން ކުރަމުންދާ މަސައްކަތްތަކާއި ތަހުގީގުކުރަމުންދާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނާއިފް ވިދާޅުވީ ސަރަހައްދީ ގައުމުތަކުގައި ދިވެހިން ގާއިމުވެ ތިބެގެން އެއާކާގޯ އާއި ސީކާގޯ މެދުވެރިކޮށް އަދި އިލެކްޓްރިކް ސާމާނުތަކުގައި މަސްތުވާތަކެތި ފޮރުވައިގެން ފޮނުވަމުންދާ ކަމަށެވެ.

މީގެ އިތުރުން ނާއިފް ވިދާޅުވީ ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ދިވެހިން ގާއިމުވެތިބެގެން ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވެސް އެ މީހުން ރާއްޖެ ގެނެސް، އެ މީހުންގެ މައްޗަށް ތަހުގީގު ހިންގާނެ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ފިލައިގެން ރާއްޖެ ދޫކޮށް ދިއުން ފަދަ ކަންކަމުގައި އަވައްޓެރި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމުއިއްތާކުގެ އެހީ ހޯދައިގެން އެ މީހުން އަތުލައިގަތުމުގެ މަސައްކަތްކުރަމުންދާ ކަމަށްވެސް ނާއިފް ވިދާޅުވިއެވެ.

މައުޟޫޢުތަށް