ޔާމީނާ އެކުވެސް މަސައްކަތްކުރެވޭނެ ކަމަށް ސޯލިހް އާއި ނަޝީދު ވިދާޅުވެއްޖެ
ދަޕްރެސް
24 ޑިސެމްބަރު 2025 | ބުދަ | 4:44
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ، އެކު މަސައްކަތް ކުރަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފިއެވެ.
މިއަދު ސޯލިހް އާއި ނަޝީދު ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުވުމުގައި ޔާމީނާއެކު މަސައްކަތް ކުރުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ވަނީ ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ސޯލިހް ވިދާޅުވީ ޔާމީނާ އެކުވެސް މަސައްކަތްކުރެވޭނެ ކަމަށެވެ. މިހާރު ގައުމު މި އޮތް ހާލަތުން ކުރަން ޖެހޭ ބައިވަރު މަސައްކަތް އެބަހުރިކަން ފާހަގަކުރައްވަމުން ސޯލިހް އާއި ނަޝީދުވެސް ވަނީ އެ ކަންތައްތައް ކުރުމުގައި ރައީސް ޔާމީންގެ ހިއްސާއެއް މީގެ ތެރެއަށް އައުމަކީ އެދޭކަމެއްކަން ހާމަކުރައްވާފައެވެ. އަދި އެ މަނިކުފާނާއެކު މަސައްކަތް ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށް ގަބޫލުކުރައްވާކަމަށްވެސް ސޯލިހް ވިދާޅުވިއެވެ.