ރޯވި ސަފާރީގައި ތިބި 25 މީހުން ސަލާމަތްކޮށް، އަލިފާންގަނޑު ކޮންޓްރޯލްކޮށްފި
ދަޕްރެސް
24 ޑިސެމްބަރު 2025 | ބުދަ | 10:13
"ޔަސާވާ ޕްރިންސެސް“ ސަފާރީގައި ތިބި 25 މީހުން ސަލާމަތްކޮށް، އެ ސަފާރީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލްކޮށްފިއެވެ.
ފުލުހުން ބުނީ އަލިފާން ރޯވިއިރު ސަފާރީގައި ތިބި 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ސަލާމަތްކޮށް، މިހާރު ވ. އަތޮލޫ ފެލިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް “ޔަސާވާ ޕްރިންސެސް“ ސަފާރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 5:54 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.