ޑިސެމްބަރާއި ޖެނުއަރީގައި އުމްރާއަށް ދާ މީހުންގެ އަދަދު 7000 އިން މައްޗަށް

ދަޕްރެސް

25 ޑިސެމްބަރު 2025 | ބުރާސްފަތި | 10:25

އުމްރާގެ އަޅުކަން ކުރުމަށް މި ޑިސެންބަރު މަހާއި ޖެނުއަރީ މަހު ރާއްޖެ އިން 7726 މީހުން މައްކާއަށް ދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، މި އަހަރުގެ ޑިސެންބަރު މަހާއި އަންނަ ޖެނުއަރީ މަހު ރާއްޖެއިން ޖުމްލަ 7726 މީހުން އުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ދާން ހަމަޖެހިފައިވާ ކަމަށެވެ.

ޝަހީމް މިހެން ވިދާޅުވެފައިވާ އިރު، އެމްއޭސީއެލް އިން ބުނެފައި ވަނީ، އެންމެ ގިނަ އަދަދެއްގެ އުމްރާވެރިން ފުރަން ހަމަޖެހިފައި ވަނީ، މިމަހުގެ 28 ވަނަ ދުވަހު ކަމަށެވެ. އެ ދުވަހު އެކަނިވެސް 1049 އުމްރާވެރިން މައްކާއަށް ފުރަން ހަމަޖެހިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މައުޟޫޢުތަށް