މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އަނދައިފި

ދަޕްރެސް

25 ޑިސެމްބަރު 2025 | ބުރާސްފަތި | 11:46

ކ. މާފުށީގައި އެހެލާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ ރިޕޯޓް މިއަދު 10:12 ހާއިރު އެމްއެންޑީއެފް އަށް ލިބުމާއި ގުޅިގެން މާފުށި ފަޔާ ސްޓޭޝަނުގެ ފަޔާފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިކަމަށާއި މިގޮތުން އަލިފާން ނިއްވާލެވުނީ 10:20 ހާއިރުކަމަށެވެ.

މި ހާދިސާގައި ލޯންޗު ވަރަށް ބޮޑަށް އަނދާފައިވާއިރު، އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް