މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފި

ދަޕްރެސް

25 ޑިސެމްބަރު 2025 | ބުރާސްފަތި | 7:41

ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް (27.9 މިލިއަން ރުފިޔާ)، އަމިއްލަ މީޑިއާތަކަށް ދިނުމާ ބެހޭ އުސޫލަށް ބަދަލުތަކެއް ގެނެސް މިއަދު ގެޒެޓްކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ނެރުނު ބަޔާނެއްގައި ބުނީ ޕަބްލިކް ސާވިސް މީޑިއާ ފިޔަވައި އަމިއްލަ މީޑިއާތަކަށް ކުރިމަތި ލެވޭނެ މިންގަނޑުތައް ބަޔާންކޮށް އާންމު ކުރި މި އުސޫލު މީޑިއާތަކަށް "2025 ވަަނަ އަހަރު މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު"ގެ ދަށުން ފައިސާ މި އަހަރު ދޫކުރަނީ 1 ޕޭމަންޓްގެ ގޮތުގައި ކަމަށެވެ.

މި އުސޫލުގެ ދަށުން މާލީ އެހީތެރިކަން ލިބޭ މީޑިއާތަށް ކަނޑައެޅުމަށް މާކްސް ދިނުމުގައި ބަލާނެ އެންމެ މުހިންމު މައިގަނޑު އެއް މިންގަޑަކީ 2024 ޖެނުއަރީ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުންދާ މީޑިއާއެއް ކަމުގައިވުމާއި ބްރޯޑްކާސްޓް މީޑިއާއެއް ލައިސަންސް އޮވެގެން ހިންގާ މީޑިއާއަކަށްވުމެވެ.

މައުޟޫޢުތަށް