ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި
ދަޕްރެސް
26 ޑިސެމްބަރު 2025 | ހުކުރު | 9:43
ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހަޝިޝް އޮއިލްއެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި ބަންދުކޮށްގެން އެތެރެކުރަން އުޅެނިކޮށް އެމްޕީއެލް ބަނދަރު ސަރަހައްދުންނެވެ. އަދި މިތަކެތީގެ އަގު 30 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ކަސްޓަމްސްއިން ވަނީ ބުނެފައެވެ.