ފުލުހަކަށް އިންޒާރުދީ، ހަމަލާދިން މައްސަލައަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
26 ޑިސެމްބަރު 2025 | ހުކުރު | 11:01
ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހަކަށް އިންޒާރުދީ ފުލުހަކަމަށް ހަމަލާދިން މައްސަލައަކާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މާލެ، އިއްޒުއްދީން މަގާއި ގަނދަކޯޅީ މަގު ގުޅޭ ކަންމަތީ މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 4:15 ހާއިރު ގްރޫޕް ހަދައިގެން ތިބި ބަޔަކު، ފުލުހުން ފެނުމުން އެމީހުންގެ އަމަލުތައް ހުރި ގޮތުން ޖިނާއީ ކުށެއް ކުރަން އުޅޭ ކަމަށް ތުހުމަތު ކުރެވިގެން ބަލައި ފާސްކުރަން އުޅުމުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އިންޒާރުދީ ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ތަހުގީގުކުރަމުންގެންދާ ކަމަށާއި މި މައްސަލައާ ގުޅިގެން 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.