ދައުލަތުން މީޑިއާތަކަށްދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ދަޕްރެސް
26 ޑިސެމްބަރު 2025 | ހުކުރު | 11:02
ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ މާލީ އެހީތެރިކަމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މާލީ އެހީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓް (27.9 މިލިއަން ރުފިޔާ) އަށް އެދުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)އިން ހުޅުވާލާފައިވަނީ އިއްޔެއެވެ.
އެމްއެމްބީސީއިން ބުނީ މާލީ އެހީތެރިކަމަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ކަމަށެވެ. އަދި މާލީ އެހީތެރިކަަމަށް އެދި ހުށަހަޅާނީ އެކަމަށްޓަކައި ތައްޔާރުކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށް އެމްއެމްބީސީއިން ވަނީ ބުނެފައެވެ.