ދިވެހީންގެ އެންމެ ރީތި އަދި އެންމެ އުންމީދީ ސިފައަކީ އެއްބައިވަންތަކަން: ރައީސް
ދަޕްރެސް
26 ޑިސެމްބަރު 2025 | ހުކުރު | 1:19
ދިވެހީންގެ ގައުމީ ހަޔާތުން ފެންނާން އޮތް އެންމެ ރީތި އެންމެ އުންމީދީ އެއް ސިފައަކީ ރާއްޖެއަށް ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައިވެސް އިސްކުރާ އެއްބައިވަންތަކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.
ސުނާމީގެ ބޮޑު ކާރިސާ ކުރިމަތިވީތާ މިއަދަށް 21 އަހަރު ފުރުނުކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެއަށް ކުރިމަތިވި ކުއްލި ނުރައްކަލުގެ އެ އުނދަގޫ ހާލަތުގެ ހަނދާންތައް ދުވަހަކުވެސް ފިލައިގެން ނުދާނެ ކަމަށެވެ. އަދި އެ ހިތާމަވެރި ހާދިސާގައި ދުނިޔެ ދޫކުރި ދިވެހި އަހުންނާއި އުހްތުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި އެމަނިކުފާނު ވަނީ ދުއާކުރައްވާފައެވެ.