މިއަދު ދެ މިސްކިތް ހުޅުވައިފި، ހުޅުމާލެގައި 1200 މީހުންގެ ޖާގައިގެ މިސްކިތެއް
ދަޕްރެސް
26 ޑިސެމްބަރު 2025 | ހުކުރު | 4:19
އައްޑޫ ސިޓީ މަރަދޫގެ އިތުރުން ހުޅުމާލެ ފޭސް 2 ގައި އަލަށް އިމާރާތް ކުރި މިސްކިތް މިއަދު ހުޅުވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވީ މިއަދު ހުކުރު ނަމާދަށް ފަހުގައިކަމަށާއި، އެ މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ހަތީބު އުވައިސް ބިން އިނާޒުކަމަށެވެ.
މިމިސްކިތަކީ 1200 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހުރި މިސްކިތެއްކަމަށާއި، 3 ފުލޯއަށް އިމާރާތްކޮށްފައިވާ މި މިސްކިތް ބިނާކޮށްދެއްވީ އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައިކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.