ގަވައިދާ ހިލާފަށް ސިނގިރޭޓް ވިއްކާ މީހަކާއި ބަނގުރާ ކައްކާ 2 މީހަކު ހައްޔަރުކޮށްފި

ދަޕްރެސް

27 ޑިސެމްބަރު 2025 | ހޮނިހިރު | 6:00

އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި ގަވައިދާ ހިލާފަށް ސިނގިރޭޓް ވިޔަފާރި ކުރަމުން ދިޔަ މީހަކާއި ނަގުރާ ކައްކާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.

"ރިވެލި" ނަމުގައި ކުރިއަށް ގެންދާ މި އޮޕަރޭޝަނުގައި ގަވައިދާ ހިލާފަށް ސިނގިރޭޓް ވިޔަފާރި ކުރާ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްގެ 44 އަހަރުގެ ޝުކޫރު އަލީ ނަމަކަށް ކިޔާ މިހެކެވެ.

ފުލުހުން ބުނީ، އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓު ފޮއްޓާއި 3200 އަށް ވުރެ ގިނަ ޑޮލަރާއި 2900 އަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށެވެ. ހަމައެއާއެކު އޭނާ އުޅެމުން ދިޔަ ތަން ބަަލައި ފާސްކުރުމުގެ ތެރެއިން އެތާ ތެރެއިން 32 ކާޓޫންގެ ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓު ފެނިފައި ވާ ކަމަށް ވެސް ފުލުހުން ބުނެއެވެ. އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މައުޟޫޢުތަށް