ވައްކަން ކުރި މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
27 ޑިސެމްބަރު 2025 | ހޮނިހިރު | 6:49
ވައްކަން ކުރިކަމަށް ތުހުމަތު ކުރުވުނު މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައިގައި ދިވެހި 2 ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެމީހުންނަކީ ބ. ހިތާދޫ / އަންދަލީބުގެ، އަހްމަދު ޝަރީފް (50އ) އާއި ލ. އިސްދޫ / ބްލޫކިޔާގެ، އަހަމަދު ހާތިމް (49އ) ކަމަށެވެ. މި ދެ މީހުން ވެސް ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެއެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށާއި މި މައްސަލަ ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.