އިސްލާމްދީން ނޫން އެހެން ދީންތައް ދިވެހިރާއްޖޭގައި އޮންނަން ފެނޭތޯ އެއްވެސް ދިރާސާއެއް ނުކުރަން: އެޗްއާރްސީއެމް
ދަޕްރެސް
28 ޑިސެމްބަރު 2025 | އާދިއްތަ | 10:03
އިސްލާމްދީން ނޫން އެހެން ދީންތައް ދިވެހިރާއްޖޭގައި އޮންނަން ފެނޭތޯ އެއްވެސް ދިރާސާއެއްކޮށްފައިނުވާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.
މިފަދަ ދިރާސާއެއް އެޗްއާރްސީއެމް އިން ކޮށްފައިވާކަމަށް ބުނެ އެ ކޮމިޝަނާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ތުހުމަތުތަކައް ރައްދުދެމުން ނެރުނު ބަޔާނެއްގައި އެ ކޮމިޝަނުން ބުނީ މިޝަނުން ކުރިއަށް ގެންގޮސްފައިވާ އެއްވެސް ދިރާސާއެއްގައި އިސްލާމްދީން ނޫން އެހެން ދީންތައް ދިވެހިރާއްޖޭގައިއޮންނަން ފެނޭތޯ ސުވާލެއް ހިމަނާފައެއް ނުވާނެ ކަމަށެވެ.
މީގެއިތުރުން އެ ކޮމިޝަންގެ މަސައްކަތްތައް ހިނގަމުންދާނީ އިސްލާމީ ޝަރީއަތާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އަދި ގާނޫނުތަކާއި، ދިވެހި ދައުލަތުން އެއްބަސްވެ ގަރާރުވެފައިވާ މުއާހަދާތަކާ އެއްގޮތްވާގޮތުގެ މަތީންކަމަށް އެޗްއާރްސީއެމް އިން ވަނީ ބުނެފައެވެ.