މޯލްޑިވިއަންގެ އޮފީހެއް ފަޅާލައި 2 ކާގޯ ފޮށިގަނޑު ވައްކަން ކޮށްފި
ދަޕްރެސް
28 ޑިސެމްބަރު 2025 | އާދިއްތަ | 12:06
މޯލްޑިވިއަންގެ އޮފީހެއް ފަޅާލައި 2 ކާގޯ ފޮށިގަނޑު ވަގަށް ނަގައިފިއެވެ.
މިކަމާ ގުޅިގެން މައުލޫމާތު ދެމުން ފުލުހުން ބުނީ ފަޅާލާފައިވަނީ ހއ. ހޯރަފުށީފައި ހުރި މޯލްޑިވިއަންގެ އޮފީހެއް ކަމަށެވެ.
ފުލުހުން ބުނީ މި އޮފީހުގެ ދޮރު ފަޅާލައި ވަދެ ވައްކަން ކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ ރޭ ދަންވަރު 4 ޖަހާ އެހާކަންހާއިރުކަމަށެެވެ. ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އޮފީހުން ވަގަށް ނަގާފައިވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވާ ކަމަށާއި އަދި މި މައްސަލައާ ގުޅިގެން މީހަކު މިހާތަނަށް ހައްޔަރުކޮށްފައިނުވާކަމަށެވެ.