ހިޔާވަހި ފައިނޭންސިންއަށް ހުށަހެޅި 717 ފަރާތެއްގެ ލޯން އެޕްރޫވް ކޮށްފި

ދަޕްރެސް

28 ޑިސެމްބަރު 2025 | އާދިއްތަ | 5:29

"ހިޔާވަހި" ފައިނޭންސިން ސްކީމަށް އެދި ކުރިމަތިލި 2256 މީހުންގެ ތެރެއިން 717 މީހުންގެ ލޯން އެޕްރޫވްކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުއްތަލިބް ވިދާޅުވީ ހިޔާވަހި ފައިނޭންސިންނަކީ ސަރުކާރުން ރައްޔިތުންނަށް ސީދާ ދޭ ލޯނެއް ނޫން ކަމަށާއި އެއީ ބޭންކް މެދުވެރިކޮށް ދޭ ލޯނެއް ކަމަށެވެ.

ނަމަވެސް ރައީސްގެ ރިޔާސީ ވައުދުފުޅުގެ ދަށުން އަމިއްލަ ގޯތީގައި އިމާރާތްކުރަން ދޭ ލޯނުގެ އަގު ކުޑަކޮށް ދީފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ކުރިން 10 ޕަސެންޓުގައި ހުރި ލޯނު 5 ޕަސެންޓަށް ކުޑަކޮށްދީ އިކުއިޓީ ދެއްކުމަށް ވެސް ލުއިތަކެއް ވަނީ ސަރުކާރުން ދީފައެވެ.

މައުޟޫޢުތަށް