ޗޮކްލެޓް ސިރަޕް ފުޅިތަކުގައި ޑްރަގްސް އެތެރެކުރި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި

ދަޕްރެސް

28 ޑިސެމްބަރު 2025 | އާދިއްތަ | 6:10

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެން މައްސަލައިގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

މި މަހުގެ 25 ވަނަ ދުވަހު ދިވެހިރާއްޖެއަށް އެތެރެކޮށްފައިވާ މުދާތަކެއް، ކަސްޓަމްސް އިން ބަލައި ފާސްކުރި އިރު އެމުދާތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ފުޅިތަކެއް ވަނީ ފެނިފައެވެ. ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރެއިން ފެނިފައި ވަނީ ހަޝިޝް އޮއިލް ކަމަށާއި އެ ތަކެތީގެ ބަރުދަނުގައި 40 ކިލޯ ހުރިކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ. އޭގެ މަގުމަތީ އަގު 30 މިލިއަން ރުފިޔާއަށް އަރާނެއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ އާފިޔާ / ހއ. ހޯރަފުށި، އަހްމަދު އަލީ (47އ) އާއި ގޯލްޑަންހައުސް / ގދ. ތިނަދޫ، މުހައްމަދު އާދިލް (57އ) އެވެ.

މައުޟޫޢުތަށް