މަކަރާއި ހީލަތުން އެކި މީހުން އަތުން ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދި މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
28 ޑިސެމްބަރު 2025 | އާދިއްތަ | 8:27
އެކި ދުވަސްމަތިން މަކާރާއި ހީލަތުން އޮޅުވާލައިގެން އެކި މީހުންގެ އަތުން 50،000 އަށް ވުރެ ރުފިޔާ ހޯދި މީހަކު ހައްޔަރު ކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ މއ. ގުލްޝަންކިނާރާ / މާލެ، އަހްމަދު އިރުފާލް (36އ) އެވެ.
ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައި ވަނީ މަކަރާއި ހީލަތުން އޮޅުވާލައިގެން އެކި ފަރާތްތަކުގެ އަތުން ފައިސާ ހޯދާފައިވާ ކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 9 މައްސަލައެއްގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެސް ފުލުހުން ބުނެއެވެ.