ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިން ފުރިހަމަކޮށް 344 ދަރިވަރުން ދަސްވެނިވެއްޖެ
ދަޕްރެސް
29 ޑިސެމްބަރު 2025 | ހޯމަ | 10:57
ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ކޯސް ފުރިހަމަކޮށް 344 ދަރިވަރުން ދަސްވެނިވެއްޖެއެވެ.
އެކަމަށްޓަކައި އިއްޔެ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓާ، ޅ. މާފިލާފުށީގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެމްއެންޑީއެފްއިން ބުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުން ފެށިގެން މި މަހުގެ 28އަށް އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިން ސެންޓާ ޅ. މާފިލާފުށީގައި ކުރިއަށްގެންދިޔަ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރޭނިންގެ ފުރަތަމަ ކޯހުގައި ރާއްޖޭގެ 108 ރަށަކަށް ނިސްބަތްވާ 350 ދަރިވަރުން ބައިވެރިވެފައިވާ ކަމަށެވެ.