ސަރުކާރުގެ ބޯހިޔާވަހިކަމުގެ އުސޫލަށް ބަދަލެއް: ވަކި ހާލަތްތަކެއްގައި އަލުން ފްލެޓަށް އެދެވޭނެ
ދަޕްރެސް
29 ޑިސެމްބަރު 2025 | ހޯމަ | 10:08
ހައުސިން މިނިސްޓްރީން ރޭ ގެޒެޓުކުރި އުސޫލެއްގައި ބޯހިޔާވަހިކަމަށް އެދޭ ފަރާތްތަކަށް ވަކި ހާލަތްތަކުގައި އަލުން ފްލެޓަށް އެދެވޭގޮތަށް ހަމަޖައްސައިފިއެވެ.
ހައުސިން މިނިސްޓްރީން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން 1 ކޮޓަރީގެ ފްލެޓެއް ލިބިފައިވާ އަދި އޭނާގެ 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަ އެތަނެއް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭނެ ކަމަށެވެ.
ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން 2 ކޮޓަރީގެ ފްލެޓެއް ލިބިފައިވާ އަދި 18 އަހަރުން ދަށުގެ ދެ ޖިންސުގެ ކުދިން ތިބި ނަމަ އެތަނެއްވެސް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ.