މާލޭގައި އުޅޭތާ 15 އަހަރު ގުނާއިރު މެދުނުކެނޑި އުޅުނުކަމަށް ބެލެވޭނެ ހާލަތްތައް އާންމުކޮށްފި
ދަޕްރެސް
29 ޑިސެމްބަރު 2025 | ހޯމަ | 4:28
މާލެއިން ގޯއްޗާއިން ފްލެޓަށް ކުރިމަތިލާ ފަރާތްތަކުން މާލޭގައި ދިރިއުޅުނު މުއްދަތު ގުނުމުގައި މާލެއިން ބޭރުގައި ދިރިއުޅުނަސް މާލޭގައި އުޅުނު ކަމަށް ބެލެވޭނެ ހާލަތްތައް އާންމު ކޮށްފިއެވެ.
ހައުސިން މިނިސްޓްރީން އާންމުކުރި އުސޫލުގައި ބުނާ ގޮތުގައި، ފްލެޓާއި ގޯއްޗަށް ވެސް އެދެވޭނީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ މީހުންނާއި އަމިއްލަ ނަމުގައި ގޯއްޗެއް/ފްލެޓެއް ނެތް މީހުންނަށެވެ. ހަމައެއާއެކު މާލޭގައި ދިރިއުޅުނު ކަން މެދުކެނޑިފައިވާ ކަމަށް ނުބެލެވޭނެ ހާލަތްތައް މި އުސޫލުގައި ބަޔާން ކޮށްފައެވެ.
މީގެ އިތުރުން އެ އުސޫލުގައި ބުނެފައި ވަނީ މާލެއަށް ދިރިއުޅުން ބަދަލުކުރުމަށްފަހު، މާލޭގައި ދިރިއުޅުނު މުއްދަތަށް ވުރެ ކުރު މެދުކެނޑުމެއް އައިސަފައިވާ ފަރާތެއް ނަމަވެސް މާލޭގައި ދިރިއުޅުނު ޖުމުލަ މުއްދަތު 15 އަހަރުވެފައިވާ ނަމަ، ބެލެވޭނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނު މީހެއް ކަމުގައެވެ.