މީޑިއާތަކަށް ދޭ މާލީ އެހީއަށް 41 މީޑިއާއެއް ޝަރުތު ހަމަވެއްޖެ
ދަޕްރެސް
30 ޑިސެމްބަރު 2025 | އަންގާރަ | 10:04
މީޑިއާތަކަށް ދޭ މާލީ އެހީއަށް 41 މީޑިއާއެއް ޝަރުތު ހަމަވެއްޖެއެވެ.
މިކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ މީޑިއާތަކަށް 2025 ވަނަ އަހަރުދޭ މާލީއެހީތެރިކަމަށް ޖުމްލަ 57 މީޑިއާއަކުން ''ޕްރޮފައިލް'' ކްރިއޭޓްކޮށްފައިވާކަމަށާއި، މީގެ ތެރެއިން ޝަރުތު ފުރިހަމަވީ 41 މީޑިއާއެއެއް ކަމަށެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް، ލައިސަންސް ލިބި، މެދުނުކެނޑި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ކަމަށްވާއިރު، މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލްގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.