ފިލްމް ޑައިރެކްޓަރު ފައްތާހް ނިޔާވެއްޖެ
ދަޕްރެސް
30 ޑިސެމްބަރު 2025 | އަންގާރަ | 8:49
ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު، އަބްދުލް ފައްތާހު ނިޔާވެއްޖެއެވެ.
ފައްތާހް މިއަދު ނިޔާވެފައިވާ އިރު އޭނާ ނިޔާވީ ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން އޭނާ ނިޔާވެފައި ވަނީ އުފަން ރަށް ހއ. ކެލާގައި ހުއްޓާ ސްޓްރޯކެއް ޖެހިގެން ފަރުވާއަށް ދިއްދޫ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ކަމަށްވެސް އެނގިފައި ވެއެވެ.
ފައްތާހް ވަނީ ޕީއެންސީގެ ޓިކެޓުގައި އުފަން ރަށުގެ ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލައިފައެވެ. މި ފަހުން އޭނާ ވަނީ މާލެއަށް ދަތުރެއްގައި އައިސް އުޅުމަށް ފަހު ރަށަށް ގޮސްފައެވެ.