މާލީ އެހީގެ ފަހު މަރުހަލާ ފުރިހަމަކުރި 39 މީޑިއާއަށް ދޭ އެހީގެ އަދަދު ހާމަކޮށްފި

ދަޕްރެސް

31 ޑިސެމްބަރު 2025 | ބުދަ | 9:37

މީޑިއާތަކަށް ދޭ މާލީ އެހީގެ އެންމެ ފަހު މަރުހަލާ ފުރިހަމަ ކުރި 39 މީޑިއާއަށް ދޭ އެހީގެ އަދަދު ހާމަކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ގްރާންޓަށް ޝަރުތު ހަމަވި 41 މީޑިއާގެ ތެރެއިން އެހީއަށް އެދުމުގެ އެންމެ ފަހު މަރުހަލާ ފުރިހަމަކޮށްފައިވަނީ 39 މީޑިއާއަކުން ކަމަށެވެ.

އެމްއެމްބީސީން ބުނީ މި 39 މީޑިއާއަށް މާލީ އެހީގެ ގޮތުގައި ލިބޭ އަދަދު ޕޯޓަލުން ފެންނަން ހުންނާނެ ކަމަށާއި، މި މައުލޫމާތު މިހާރު ޔޫތު މިނިސްޓްރީއާ ހިއްސާކުރެވިފައިވާކަމަށެވެ. އަދި މާލީ އެހީގެ ފަހު މަރުހަލާ ފުރިހަމަކޮށްފައިނުވާ 2 މީޑިއާއަށް މި ފައިސާގެ އެހީ ފޯރުކޮށްދިނުމަށް ޔޫތު މިނިސްޓްރީއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން މަސައްކަތް ކުރަމުންދާކަމަށް އެމްއެމްބީސީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް