ހާލިދާ ޒިޔާގެ ޖަނާޒާގައި، ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ޑރ.އަލީ ހައިދަރު ބައިވެރިވެވަޑައިގަންވަނީ
ދަޕްރެސް
31 ޑިސެމްބަރު 2025 | ބުދަ | 10:35
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން، ބަނގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު، ހާލިދާ ޒިޔާ ރަސްމީ ޢިއްޒަތުގައި ފަސްދާނުލުމަށް ބާއްވާ ޖަނާޒާގައި މިނިސްޓަރީ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބާ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑރ އަލީ ހައިދަރު އަހްމަދު، ބައިވެރިވެވަޑައިގަންނަވާ ގޮތަށް ރައީސުލްޖުމުހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ބަންގްލަދޭޝްގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު، ބޭގަމް ހާލިދާ ޒިޔާ އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބަނގްލަދޭޝްގެ ރައްޔިތުންނަށާއި މަރުހޫމާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވާފައެވެ.
ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި، ޑރ އަލީ ހައިދަރު އަހްމަދު، ހާލިދާ ޒިޔާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް ބަނގްލަދޭޝްއަށް ކުރައްވާ މި ދަތުރުފުޅުގައި އެ ގައުމުގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަާ ޑރ މުހައްމަދު ޔޫނުސާއި ހާލިދާ ޒިޔާގެ އާއިލާގެ މެމްބަރުންނާ ބައްދަލުކުރައްވައި ރައީސް އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ތައުޒިޔާ ދެންނެވުމަށް ވަނީ ހަމަޖެހިފައެވެ.