އަންހެން މުވައްޒަފުން ވަޒީފާއަށް ނުކުންނައިރު ހެދުން ހުންނަން ޖެހޭނީ ފަލަމަސްގަނޑުން ތިރިއަށް!

ދަޕްރެސް

31 ޑިސެމްބަރު 2025 | ބުދަ | 11:17

ސަރުކާރުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުން ވަޒީފާއަށް ނުކުންނައިރު ހެދުން ހުންނަން ޖެހޭނީ ފަލަމަސްގަނޑުން ތިރިއަށްކަމަށް ބުނެ ގަވައިދު އިސްލާހުކޮށްފިއެވެ.

ފިރިހެން މުވައްޒަފުންނާއި އަންހެން މުވައްޒަފުން ހެދުން އަޅަން ޖެހޭ ގޮތްތައް ބަޔާންކޮށް ދިވެހި ސިވިލް ސާވިސްގެ ގަވާއިދު 2014 އަށް ބަދަލު ގެނެސްފައިވާއިރު، މި ގަވައިދު މިހާރު ބުނާގޮތުން ރަސްމީ މަސައްކަތަށް އަންހެން މުވައްޒަފުން ނުކުންނަ އިރު ލާން ޖެހޭނީ، ފޫކޮޅު ނިވާވެ، ފަލަމަސްގަނޑުން ތިރިއަށް ދެ އިންޗި އަށް ވުރެ ކުރު ނޫން ހެދުމެކެވެ.

އިޖުތިމާއީ މިންގަނޑަށް ނުފެތޭގޮތަށް އަންހެން މުވައްޒަފުން ހެދުން އަޅާ ވަޒީފާއަށް ދާކަމުގެ ޝަކުވާ އަކީ އަބަދުވެސް ބޮޑުވެފައިވާ ޝަކުވާއެކެވެ. މިކަމަށް ހައްލެއް ގެނައުމަށް ސިވިލް ސާވިސް ކޮމިޝަނުން ގެނައި ބަދަލުގައި އިތުރަށް ބުނެފައިވަނީ އަންހެން މުވައްޒަފުންގެ ހެދުމުގެ ގޮތުގައި ދިގު ހެދުން ނުވަތަ ދިވެހި ލިބާސް ނުވަތަ އޮފީސް ހެދުން ލެވިދާނެކަމަށާއި ނަމަވެސް އެ ހެދުން ހުންނަންވާނީ ފައިގެ ތަނބިކަށްޓަށް ވުރެ ކުރުނުވާ ގޮތަށް އޮފީސް މާހައުލާ އެކަށޭނެ ގޮތަކަށް ކަމަށެވެ.

މައުޟޫޢުތަށް