ބިދޭސީންގެ ދާއިމީ ކޯޓާގެ ސައިޓް އަޕްޑޭޓްކުރަން ފަހު ތާރީހް ޖެނުއަރީ 31، ނޫނީ ސައިޓް ސަސްޕެންޑް ވާނެ!
ދަޕްރެސް
31 ޑިސެމްބަރު 2025 | ބުދަ | 5:10
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރަން ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާގެ ތެރެއިން ދާއިމާ ކޯޓާ ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފިއެވެ.
ހޯމް މިނިސްޓްރީން ބުނީ، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ވަޒީފާ ދޭ ފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދިވެރިކޮށް ދާއިމީ ކޯޓާ (ޕާމަނަންޓް ކޯޓާ) އަދި ޕްރޮޖެކްޓް ކޯޓާ ދޫކުރަމުން އަންނަ އިރު ދާއިމީ ކޯޓާ ދޫކުރުމުގެ އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.
އެގޮތުން މާދަމާ އިން ފެށިގެން ދާއިމީ ކޯޓާ ދޫކުރާ މަސައްކަތްތަކަށް ވޯކް ސައިޓް ރަޖިސްޓްރީ ކޮށްދެވޭނީ، މިހާރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ އިތުރުން ނޮޓޮރައިޒް ކޮށްފައިވާ "ވޯކް ސައިޓް ޑިކްލަރޭޝަން ފޯމު" އަދި އިގްރާރު ހުށަހެޅުމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މި ފޯމު އަދި އިގްރާރު އެކްސްޕެޓް ސިސްޓަމްގެ ހޯމްޕޭޖުން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.