ހިރިމަރަދޫ ރައްޔިތުންގެ ވޯޓުލުން ހަނިމާދުއަށް ބަދަލުކުރުމާ ގުޅިގެން އެމްޑީޕީގެ ކަންބޮޑުވުން
ދަޕްރެސް
31 ޑިސެމްބަރު 2025 | ބުދަ | 5:03
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ހދ. ހިރިމަރަދޫގެ ރައްޔިތުންގެ އިންތިހާބީ ދާއިރާއަކީ ހދ. ހަނިމާދޫ ކަމުގައި ކަނޑައެޅުމާ ގުޅިގެން އެމްޑީޕީއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަންނަ އަހަރު އެޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ މި އިންތިހާބުގައި ހިރިމަރަދޫ މީހުން ވޯޓުލާނެ އިންތިހާބީ ދާއިރާއަކީ ހަނިމާދޫ ކައުންސިލް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން ކަނޑައަޅުއްވީ އިއްޔެއެވެ.
މިކަމާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުމަކީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށް ލިބިދޭ ހައްގަކަށް ވީހިނދު، ހިރިމަރަދޫގެ ރައްޔިތުން އެ އަތޮޅުގެ ހަނިމާދޫއަށް ބަދަލުވުމުގެ ކުރިން އެފަރާތްތަކުގެ ކިބައިން އަމިއްލަ ރަށުގައި ތިބެގެން ރަށުގެ ކަންކަން ނިންމުގެ ބާރު ފޭރިގަނެފައިވާ ކަމަށާއި އެކަން އެ ޕާޓީއިން ކުށްވެރިކުރާ ކަމަށެވެ.