މާދަމާ އިން ފެށިގެން އުޅަނދުތަކަށް ގަރާޖް ހުއްދަ ދޫކުރުން ހުއްޓާލަނީ: އެޗްޑީސީ

ދަޕްރެސް

31 ޑިސެމްބަރު 2025 | ބުދަ | 5:04

މާދަމާ އިން ފެށިގެން ދެ ފުރޮޅަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް އެޗްޑީސީން ގަރާޖު ހުއްދަ ދޫކުރުން ހުއްޓާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީ އިން ބުނީ، މި ނިންމުން ނިންމާފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނާ އެއްގޮތަށް އަމަލު ކުރުމަށް ކަމަށެވެ. އެގޮތުން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ދެ ފުރޮލަށް ވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީ ކުރުމަށް މި ކޯޕަރޭޝަނުން ދޫކުރަމުން އައި ގަރާޖު ހުއްދަ ދޫކުރުން މާދަމާއިން ފެށިގެން ހުއްޓާލާނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެހެންނަމަވެސް މިހާރު ވެސް އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން އިމާރާތުގައި ހަދާ ގަރާޖު ބޭނުން ކުރުމުގެ ހުއްދަ އެ ކޯޕަރޭޝަނުން ނަގަން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މައުޟޫޢުތަށް