ތުޅާދޫގެ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ 11ގައި ހުޅުވާލަނީ

ދަޕްރެސް

1 ޖެނުއަރީ 2026 | ބުރާސްފަތި | 9:11

ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ދަށުން ބ. ތުޅާދޫގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 11 ވާ އާދިއްތަ ދުވަހު ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފިއެވެ.

ތުޅާދޫގައި ގާއިމުކޮށްފައިވާ 100 ހައުސިން ޔުނިޓް ދޫކުރުމަށްޓަކައި 2022 ވަނަ އަހަރު 3 އިއުލާނެއްކޮށްފައި ވާއިރު، އެ އިއުލާންތަކުގައިވާ ކަންކަމާމެދު ތުޅާދޫ ރައްޔިތުންގެ ހިތްހަމަނުޖެހުން ބޮޑުވެ، ތުޅާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެ މަސައްކަތް މުރާޖައާކުރަން އަންގާފައެވެ.

ހައުސިން މިނިސްޓްރީއިން ބުނީ އެ އެންގުމާއެކު ވެސް ތުޅާދޫ ކައުންސިލުން އެކަށީގެންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން މި މަސައްކަތް ވީހާވެސް އިންސާފުވެރި އަދި ހާމަކަންބޮޑު ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ހައުސިން މިނިސްޓްރީއިން މުހިންމު ނިންމުންތަކެއް ނިންމާފައިވާ ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް