ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓު ޖައްސައިފި
ދަޕްރެސް
1 ޖެނުއަރީ 2026 | ބުރާސްފަތި | 11:25
ށ. ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމަށް ޓެސްޓު ފްލައިޓު ޖައްސައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ފުނަދޫއަށް ޖެއްސީ އިއްޔެ އިރުއޮއްސި 7:30 ގައި ކަމަށާއި، މި ފްލައިޓުގައި އެމްއޭސީއެލް އާއި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ އޮފިޝަލުން ފުނަދޫއަށް ވަޑައިގެންނެވި ކަމަށެވެ.
އެމްއޭސީއެލް އިން ބުނީ އިއްޔެގެ ޓެސްޓް ފްލައިޓަށްފަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ހުއްދަ ދީފައިކަމަށާއި، ފުނަދޫ އެއާޕޯޓް ތަރައްގީ ކުރެއްވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.