ނިމާލުގެ ހާލު ސީރިއަސް، އައިޖީއެމްއެޗްގެ ސްޓްރޯކް ސެންޓަރަށް ބަދަލު ކޮށްފި

ދަޕްރެސް

1 ޖެނުއަރީ 2026 | ބުރާސްފަތި | 12:45

ފިލްމް އިންޑަސްޓްރީގެ އެންމެ މަގުބޫލު އެއް މޫނު ކަމުގައިވާ އަހުމަދު ނިމާލަށް ރޭ ސްތްރޯކެއް ޖެހިގެން އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު ދާދި ދެންމެ އައިޖީއެމްއެޗް ގެ ސްޓްރޯކް ސެންޓަރަށް ބަދަލު ކޮށްފިއެވެ.

މިހާރު އުމުރުން 62 އަހަރުގެ ނިމާލަށް ސްޓްރޯކެއް ޖެހުނީ ސައިކަލު ދުއްވާފައި ދަނިކޮށް ރޭގެ ވަގުތެއްގައެވެ.

ސްޓްރޯކް ޖެހި އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ރެއިން ފެށިގެން ނިމާލަށް ފަރުވާދެމުން ދިޔައިރު، އޭނާގެ ހާލު ސީރިއަށް ކަމުން ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.

މައުޟޫޢުތަށް