ފަތާފައި ގޮސް ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް: 3 މީހަކު ހައްޔަރުކޮށްފި
ދަޕްރެސް
1 ޖެނުއަރީ 2026 | ބުރާސްފަތި | 1:41
ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ދުވާފަރު ޕޮލިހާއި ކައުންޓާ ނަކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެއެވެ.
ފުލުހުން ބުނީ މި މީހުންގެ ތެރެއިން 2 މީހަކު ހައްޔަރުކޮށްފައިވަނީ ވެލިދޫއިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތު ކަމަށެވެ. އަދި ފުލުހުން ފެނުމުން އެ ތަނުން އެކަކު ފިލަން މަސައްކަތްކޮށްފައިވާ ކަމަށާއި 3 ވަނަ މީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު މަގުމަތިން ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.