މޯލްޑިވްސް ޒަކާތު ހައުސް އުފައްދާ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފަށައިފި
ދަޕްރެސް
1 ޖެނުއަރީ 2026 | ބުރާސްފަތި | 7:52
ރައީސް ޑރ.މުހައްމަދު މުއިއްޒު، އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި މޯލްޑިވްސް ޒަކާތު ހައުސް ކަނޑައަޅުއްވައި އެ އިދާރާ މިއަދު އުފައްދަވައިފިއެވެ.
މިއާއެކު، ޒަކާތުގެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން އިސްލާމިކް މިނިސްޓްރީގެ ދަށުން ހިނގަމުން އައި މޯލްޑިވްސް ޒަކާތު ހައުސް، މިއަދުން ފެށިގެން ވަނީ އުވާލާފައެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ގާނޫނަށް އަމަލުކުރަން މިއަދު ފަށާފައިވާއިރު މިދޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުން ފާސްކުރި ޒަކާތުގެ ގާނޫނު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ އެ މަހުގެ 6 ވަނަ ދުވަހުއެވެ.