ރާއްޖޭގެ އެއާޕޯޓުތައް ހިންގާނީ ދިވެހި ކުންފުނިތަކުން: މިނިސްޓަރު އަމީން
ދަޕްރެސް
2 ޖެނުއަރީ 2026 | ހުކުރު | 2:52
ދިވެހިރާއްޖޭގެ އެއާޕޯޓުތައް ހިންގާނީ ދިވެހި ކުންފުނިތަކުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިފަދައިން ވިދާޅުވީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހިންގުމަށް އިންޑިއާގެ ކުންފުންޏަކުން ހަވާލުވެދިނުމަށް ރާއްޖެއިން އެދިފައިވާ ކަމަށް ބުނެ އެ ގައުމުގެ ނޫހަކުން ރިޕޯޓްކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އިންޑިއާގެ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓު ހިންގުމުގައި އިންޑިއާގެ އެހީތެރިކަމަށް ރާއްޖެއިން އެދިފައިވަނީ އެ އެއާޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހުއެވެ.