ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރި ކުންފުނީގެ ވެެރިޔާގެ ބަންދަށް އިތުރު 15 ދުވަސްޖަހައިފި
ދަޕްރެސް
3 ޖެނުއަރީ 2026 | ހޮނިހިރު | 12:49
ޗޮކްލެޓް ސިރަޕްފުޅިތަކެއްގައި ބަންދުކޮށްގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި އެތަކެތި އެތެރެކުރި ކުންފުނީގެ ވެރިޔާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ މިދިޔަ ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގެ ރޭ، ރާސް މޯލްޑިވްސްގެ ނަމުގައި ރާއްޖެ ގެނައި މުދާތައް ބަލައި ފާސްކުރިއިރު ޗޮކްލެޓް ސިރަޕްފުޅި ތަކެއްގެ ތެރެއަށް މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ހަޝިޝް އޮއިލް އަޅާފައިވާ ކަމަށެވެ.
ފުލުހުން ބުނި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ އެކަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގދ.ތިނަދޫ، ގޯލްޑަން ހައުސް މުހައްމަދު އާދިލް (57އ)ކަމަށެވެ.