އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ: ނަޝީދު

ދަޕްރެސް

3 ޖެނުއަރީ 2026 | ހޮނިހިރު | 1:22

މުސްލިމް، ޒުވާން އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ބުދަ ދުވަހު ގެޒެޓުކުރި ދައުލަތުގެ އޮފީސްތަކުގައި ސިވިލް ސާވަންޓުން ހެދުން އެޅުމުގައި އަމަލު ކުރަން ޖެހޭ ގަވައިދަށް އިޝާރަތްކުރައްވާ ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުސްލިމު ޖިންސުއްލަތީފުންގެ ޒީނަތްތެރިކަމާ، ނަޒާހަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި، އެ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަދެ ގޮތް ކިޔަން ނުޖެހޭ ކަމަށެވެ.

ދައުލަތުގެ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން ސިވިލް ސާވަންޓުންގެ ހެދުން އެޅުމުގައި އަމަލުކުރަންޖެހޭ އާ ގަވައިދާއި ގުޅިގެން އެމްޑީޕީގެ އަންހެނުންގެ ރޫހުންވެސް ވަނީ ބަޔާނެއް ނެރެފައެވެ. މި ބަޔާނުގައި ވަނީ ސިވިލް ސަރވިސްއަށް ނިސްބަތްވާ މުވައްޒަފުންގެ ހެދުން އެޅުމުގެ އުސޫލަށް ގެނައި ބަދަލުތަކަކީ، ވަކި ދާއިރާއެއްގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންގެ ފަރުދީމިނިވަންކަމަށް ހުރަސްއެޅުމަށާއި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކޮށްފައިވާ ކަމެއްކަމަށް ތުހުމަތުކޮށްފައވެެ.

މައުޟޫޢުތަށް