ކުދި ވިޔަފާރިތަކަށް މިހާ ބޮޑު އަހައްމިއްޔަތުކަމެއް ދިން އެހެން ރައީސަކު ނެތް: ސައީދު
ދަޕްރެސް
3 ޖެނުއަރީ 2026 | ހޮނިހިރު | 3:28
ކުދި އަދި މެދު ފަންތީގެ ވިޔަފާޜިވެރިންނަށް މިހާބޮޑު އަހަމިއްޔަތު ކަމެއް ދެއްވައި ވިޔަފާރިވެރިން އެދުނު ފަދައިން ކަންކަން ރަނގަޅު ކުރަން މަސައްކަތް ކުރެއްވި މި ނޫން ވަރިއަކު ދެކިވަޑައިނުގަންނަވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވެފައި މިވަނީ، ރައީސް އޮފީހުން ކުރިއަށް ގެންދާ ތަތުޖަމާނާއެކު ޕޮޑްކާސްޓް ސިލްސިލާގެ ފުރަތަމަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުންނެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ހުށަަހަޅުއްވާ މި ޕޮޑްކާސްޓްގައި މިއަދު ބައިވެރިވި އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ، ޖުމްލަ ގޮތެއްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސާކޮށްގެން ކުރިއަށް އޮތް ދެ އަހަރަށް އަމާޒު ކުރައްވައިގެން ކަންތައްތައް ކުރައްވާނެ ގޮތާމެދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކެބިނެޓްގައި މަޝްވަރާކުރައްވާފައި ކަމަށެވެ. އެގޮތުން ވިޔަފާރިތަކުން ފާޅުކުރި ކަންބޮޑުވުންތަކާއި ގުޅިގެން ސަރުކާރުގެ ގުޅުންހުރި އެކި އިދާރާތަކަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން އިރުޝާދު ދީފަިއވާ ކަމަށާއި އެ ވިޔަފާރިތަކުން ހުށަހެޅި ޝަކުވާތަކަށް އިދާރާތަކުން ހައްލެއް ގެނައުމަށް އެދިފައިވާ ކަމަށް ސައީދު ވިދާޅުވިއެެވެ