އިންތިޚާބުގެ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންގެ ތަމްރީނު ޕްރޮގްރާމު ފަށައިފި

ދަޕްރެސް

3 ޖެނުއަރީ 2026 | ހޮނިހިރު | 11:57

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ގާއިމުކުރާ ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީނުކުރުމަށް ހަރަކާތްތެރިވާ ޓްރެއިނަރުންނަށް ބާއްވާ "ޓްރެއިނިން އޮފް ޓްރެއިނާސް" (ޓީއޯޓީ) ޕްރޮގުރާމު ފަށައިފިއެވެ.

މި އަހަރުގެ އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިހާބަށް ތައްޔާރުވުމުގެ ބާއްވާ މި ޕްރޮގްރާމު ކުރިއަށް ގެންދަނީ ސެންޓާ ފޯ ހަޔަާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ދަނީ މިއަދުން ފެށިގެން، ޖަނަވަރީ 9 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ. މި ޓްރެއިނިން ޕްރޮގުރާމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 95 ޓްރެއިނަރުން ބައިވެރިވެފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ. މީގެއިތުރުން މިޓްރެއިނިން ޕްރޮގުރާމުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ބައިވެރިވާކަމަށް އީސީން ވަނީ ބުނެފައެވެ.

މައުޟޫޢުތަށް